ބޮލީވުޑްގެ މަގުބޫލު ތަރި އަކްޝޭ ކުމާރު ލީޑުން ފެނިގެންދާ ފިލްމު "ބެލް ބޮޓަމް" އިން ނޯރާ ފަތޭހީ ފެނިގެންދާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

ނޯރާގެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ފިލްމުގެ ލަވައަކުން އަކްޝޭ އާއެކު ނޯރާ ފެންނާނެ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފަ އެވެ.

"ފިލްމުގެ ހާއްސަ ލަވައަކުން ނޯރާ ފެނިގެންދާނެ ކަމަށް ދައުރުވަމުންދާ ރިޕޯޓުތަކާ ގުޅިގެން ބުނަން ބޭނުން ވަނީ އެ ފިލްމުގައި އެއްވެސް ހައިސިއްޔަތަކުން ނޯރާ ފެނިގެން ނުދާނެ ކަމަށެވެ. މިއީ މުޅިން ދޮގު ވާހަކަތަކެކެވެ." ނޯރާނެ ތަރުޖަމާނު ނެރިފައިވާ ބަޔާނުގައި ވެއެވެ.

ރަންޖަތު އެމް ތެވާރީ ޑައިރެކްޓް ކުރާ މި ސްޕައި ތުރިލާ ފިލްމުގައި ވާނީ ކަޕޫރާ ހުމާ ޤުރައިޝީ އަދި ލާރާ ދައްތާ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. ފިލްމު ރިލީސްކުރަން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އޭޕްރިލް ދޭއްގައެވެ.

ނޯރާ މިވަގުތު ގެންދަނީ އެންމެ ފަހުން ރިލީސްކުރި ލަވަ "ނާޗް މޭރީ ރާނީ"ގެ ކާމިޔާބީ ފާޅުކުރަމުންނެވެ.