ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ ކުކުޅު ފިހާރައިގެ ޝޯރޫމެއް މާފަންނުގައި ހުޅުވައިފި އެވެ.
"ކުކުޅު ފިހާރަ-2" ގެ ނަމުގައި މާފަންނުގައި ހުޅުވި މި ޝޯރޫމަކީ ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ހިދުމަތް ފޯރުކޮށް ދިނުމަށް ހުޅުވި ޝޯރޫމެއް ކަމަށް ކުކުޅު ފިހާރައިން މައުލޫމާތު ދެއެވެ.
ކުކުޅު ފިހާރައިގެ އެހެން ޝޯރޫމް ތަކެކޭ އެއްފަދައިން އަލަށް ހުޅުވި "ކުކުޅު ފިހާރަ-2" އިން ވެސް އެފިހާރައިގެ އީ-މޯލުން ލިބޭ ހުރިހާ ތަކެއްޗެއް ލިބޭނެ ކަމަށް ކުކުޅު ފިހާރައިން މައުލޫމާތު ދެއެވެ. އެގޮތުން ކުކުޅުގެ އެކި ބާވަތްތަކުގެ އިތުރުން، ގެރިމަހުގެ އެކި ބާވަތްތަކާއި، ގަހާއި ގަސް އިންދުމަށް ބޭނުންވާ ތަކެތި، ރީތިވާ ސާމާނު އަދި ގޭތެރެއަށް ބޭނުންވާ ސާމާނުވެސް ކުކުޅު ފިހާރައިން ލިބޭނެ ކަމަށް އެފިހާރައިން ބުނެއެވެ.
މާލޭގައި އަލަށް ހުޅުވި ކުކުޅު ފިހާރައިގެ ޝޯރޫމް ހުޅުވާފައިވަނީ މ. ދުނބުރި މިސްކިތް ކުރިމައްޗަށްވާ ގޮތަށް ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.
މާފަންނުގައި އަލަށް ހުޅުވި ކުކުޅު ފިހާރައިގެ މި ޝޯރޫމުގެ އިތުރުން ކުކުޅު ފިހާރައިގެ ދެ އައުޓްލެޓެއް މާލޭގައި ހުޅުވާފައި ހުންނައިރު ހުޅުމާލޭގައި ވެސް އައުޓްލެޓެއް ހުރެއެވެ. ކުރިން ކުކުޅު ފިހާރައިގެ ޝޯރޫމެއް އއ. ތޮއްޑޫގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައި ވަނީ ހުޅުވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ރަށްތަކުގައި ވެސް ކުކުޅު ފިހާރައިގެ އައުޓްލެޓްތައް ހުޅުވުމަށް ނިންމާފައިވާ ކަމަށް އެ ފިހާރައިން ބުނެއެވެ.
ކުކުޅު ފިހާރައިން ވަނީ މިދިޔަ ހަފްތާތެރޭ އެ ފިހާރައިން ވިއްކާ ތަކެތީގެ އަގު ހެޔޮ ކޮށްފައެވެ. އެގޮތުން ޗިކަން ތައި، މަޓަން، ބީފް ޓެންޑާލޮއިން އަދި ބީފް ޓޮޕްސައިޑްގެ އަގު ހެޔޮ ކޮށްފައިވެއެވެ.
މީގެ އިތުރުން އެ ފިހާރައިގެ ވެބްސައިޓުން ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތް އެ ފިހާރައިން ދެއެވެ. އަދި 500 ރުފިޔާއަށް ވުރެ މަތީގެ ވިޔަފާރި ކުރާ ރީޓެއިލް ކަސްޓަމަރުންނަށްވެސް ގަންނަ ތަކެތި ބޭނުން ބޯޓަކަށް ފޯރުކޮށްދޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.
ކުކުޅު ފިހާރަ
ކުކުޅު ފިހާރަ
ކުކުޅު ފިހާރަ
ކުކުޅު ފިހާރަ