އެމެރިކާގައި ކޮވިޑް ކޭސްތައް އިތުރުވި ނަމަވެސް ލޮކްޑައުން އަކަށް ނުދާނެކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރައީސް ޓްރަމްޕް ކުރެއްވި ޓްވުޓެއްގައި ވިދާޅުވީ އެގައުމު އިތުރަށް ލޮކްޑައުން ނުކުރައްވާނެ ކަމަށާއި ނަމަވެސް އިދިކޮޅު ކެންޑިޑޭޓް ބައިޑެން ބޭނުންފުޅުވަނީ އެތައް އަހަރަކަށް އެމެރިކާ ލޮކްޑައުން ކުރުމަށްކަމަށް ކަމަށެވެ.

ރައީސް ޓްރަމްޕް ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އެމެރިކާއިން ކޮވިޑާ ދެކޮޅަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަށް ފަހުރުވެރިވާ ކަމަށް ވިދާޅުވެފައެވެ. އެމެރިކާ ދަތުރުކުރަމުން އަންނަނީ އެނބުރޭ ނިޒާމަކަށް ކަމަށާއި ކޮވިޑުން ވެސް ސަލާމަތްވެ އެނބުރި އާދެވޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާއިރު އެއްވެސް ވަރަކަށް ތަފާސް ހިސާބުތަކާއި ސައިންޓިފިކް ހޯދުންތަކަށް ރިއާޔަތް ކުރައްވައިފައެއް ނުވެއެވެ.

މިދިޔަ ހޮނިހިރު ދުވަސް ވެފައިވަނީ ކޮވިޑްގެ ތާރީހުގައި އެމެރިކާގެ އިތުރުން މުޅި ދުނިޔެއަށް ވެސް މިހާތަނަށް އެއް ގައުމަކުން އެންމެ ގިނަ ކޭސް ފެނިގެން ދިޔަ ދުވަސް ކަމުގައެވެ. އެމެރިކާއިން އެދުވަހު ވަނީ 99321 ކޮވިޑް ކޭސް ފެނިފައެވެ.