ރޫޓު ފިހާރައިގެ ފައިސާ ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުން ހައްޔަރުކޮށް، އެމީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
ރޫޓު ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރެން އުޅެފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ 11:40 އެހާކަންހާއިރު އެވެ.
ފުލުހުން ބުނީ، އެ ފައިސާތައް ފޭރުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ހައްޔަރު ކުރި ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20 އ) އާއި ގއ. ވިލިނގިލި/ ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23 އ) އާއި ދަފްތަރު ނަންބަރު 3678، ޙުސައިން އަބްދުލް މަޖީދު (22 އ) އަދި ލ. ގަން/ ތުނޑި، ކީމިޔާގެ، އަބްދުﷲ ރާޝިދު (27 އ) އެވެ.
ފުލުހުން ބުނީ، މި ހަތަރު މީހުންނަކީ ވެސް ވައްކަމާއި ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުން ކަމަށެވެ.
އެ މީހުންގެ ބަންދަށް 15 ދުވަސް ދީފައިވާއިރު އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު