ކޮވިޑް 19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ގައިޑްލައިންތަކަށް ސަރުކާރާއި އަމިއްލަ އޮފީސްތަކުން އަމަލުކުރޭތޯ ބެލުމަށް އެ އެޖެންސީން ފަށާފައިވާ އިންސްޕެކްޝަނުގައި މިހާތަނަށް 39 ތަނެއް އިންސްޕެކްޓް ކޮށްފިއެވެ.
ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ އެ އިންސްޕެކްޝަންއާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ އިއްޔެގެ ނިޔަލަށް 39 ތަނެއް ބަލާފައިވާ ކަމަށާއި ގިނަ އޮފީސްތަކުގައި ގައިޑްލައިންއާ އެއްގޮތަށް ކަންކަން އިންތިޒާމުކޮށްފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ، ބައެއް އޮފީސްތަކުގައި ސާފުތާހިރުކަން ކުޑަ ކަމަށާއި ގައިދުރުކަންމަތީ މަސައްކަތްކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި މާސްކު ނާޅައި އުޅުން ފަދަ ކަންކަން ބައެއް އޮފީސްތަކުން ފާހަގަކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.
އަންނަ ހަފުތާގައިވެސް އޮފީސް އިންސްޕެކްޝަން ކުރިއަށްގެންދަން އެޗްޕީއޭ އިން ވަނީ ނިންމައިފައެވެ. އެޗްޕީއޭން ބުނީ، އޮފީސް އިންސްޕެކްޝަން އެއްކޮށް ނިމޭއިރު، ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ގިނަ އަދަދެއްގެ އަމިއްލަ އޮފީސްތައް އިންސްޕެކްޓް ކުރެވޭނެ ކަމަށެވެ.
އޮފީސް އިންސްޕެކްޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ ހޮޓްލައިިން 7285216 ގުޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު