500 މީޓަރުގެ އުސްމިން ހުރި ފަރެއް އޮސްޓްރޭލިއާގެ ސައިންސުވެރިން ހޯދައިފިއެވެ.
އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފްއާ 40 މީޓަރު އަޑިން ހަ ކިލޯމީޓަރު ދުރުން ފެނިފައިވާ މި ފަރުގެ އުސްމިން އެމެރިކާގައި ހުންނަ އެމްޕަޔާ ސްޓޭޓް ބިލްޑިން އާއި ފްރާންސްގައި ހުންނަ އެފިލް ޓަވަރުގެ އުސްމިނާ ހަމައަށް ހުންނާނެއެވެ.
މިއީ ވޭތުވެދިޔަ 100 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މިވަރުގެ ފަރެއް ފެނުނު ކަމަށް ރެކޯޑުތަކުން ފެނުނު ފަހަރެވެ.
އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވާސިޓީގެ ޓީމަަށް މި ފަރު ފެނިފައިވަނީ ކަނޑު އަޑީގެ ފަށަލައިގެ ޗާޓު ކުރަހަމުން ދަނިކޮށެވެ. ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. ރޮބިން ވަނީ މި ހޯދުނީ އަޖައިބުން ފުރިފައިވާ ހޯދުމެއް ކަމަށް ފާހަގަކުރައްވައިފައެވެ.
ކަނޑުއަޑީގެ ރޮބޮޓެއްގެ އެހީގައި ސައިންސުވެރިން ވަނީ އެ ފަރުގެ ހާލަތު ބަލައި ސާމްޕަލްތައް ނަގައިފައެވެ.