ފްރާންސުގައި ވަޅިން ހަމަލާދީ ދެމީހުން މަރާލައި ގިނަބަޔަކު ޒަހަމްކޮށްލައިފި އެވެ.
ފްރާންސްގެ ނީސްގެ ޗާޗެއް ކައިރީގައި ހިނގާފައިވާ މިހާދިސާއަކީ ޓެރަރިޒަމްގެ އަމަލެއް ގަމަށް އެސިޓީގެ މޭޔަރު ވަނީ ވިދާޅުވެފައެވެ. ނީސް ސިޓީގެ މޭޔަރު ކްރިސްޓިއަން އެސްޓްރޮސީ ވަނީ ވަޅިން ހަމަލާދިން މީހާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
ފްރާންސުގެ އިންޓީރިއާ މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވަނީ މި ފަދަ ކަންކަމުން ރައްޔިތުން ދުރުހެލި ވުމަށާއި ރައްކާތެރިވުމަށް ވުމަށް ގޮވާލައްވައިފައެވެ.
ފްރާންސުގައި ވަޅިން ހަމަލާދީފައި މިވަނީ އެގައުމުގައި މިމަހުގެ ކުރީކޮޅު ކީރިތި ރަސޫލާގެ ކާޓޫނު ކުރެހި ޓީޗަރެއްގެ ކަރު ބުރި ކުރުމުގެ ސަބަބުން އެގައުމުގެ މަޝްރަހު ގޯސްވެފައި ވަނިކޮށެވެ.
ފްރާންސުގެ ޓީޗަރުގެ ކަރުބުރިކޮށް މަރާލުމާގުޅިގެން އެގައުމުގެ ރައީސް ވަނީ އިސްލާމްދީނަށް ގޮންޖައްސަވައި ވާހަކަފުޅު ދައްކަވައިފައެވެ. އެއާއެކު ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުުރުމުގެ ކެމްޕެއިނެއް ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ