ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގއ. ވިލިނގިލި/ ލައިޓްހައުސް، ޝަހީބު އިބްރާހިމް ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅައިފިއެވެ.
ފުލުހުން ބުނީ ޝަހީބު މިއަދު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ދޫކޮށްލާފައިވަނީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށްފަހު، މިއަދު އިތުރު ހެއްކާއެކު ހުށަހެޅުމުން ކަމަށެވެ. އަދި އެ މައްސަލަ މިހާރު އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތި ހޯދައި ޝަހީބާއި އިތުރު ހަތް މީހަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ހެކި ހުށަހެޅުމުން ޝަހީބުގެ ބަންދަށް ފުރަތަމަ ދިނީ 15 ދުވަހެވެ. އެ މުއްދަތު ހަމަވީ މިއަދުއެވެ.
އެނގިފައިވާ ގޮތުގައި ބަންދާ މެދު ގޮތެއް ނިންމެވުމުގެ މަޖިލީހުގައި މިއަދު ގާޒީއަކަށް އިންނެވީ ހުސެއިން ފާއިޒު ރަޝާދެވެ. އަދި އެއީ މިއަދު މައްސަލަ ބަލަން ފުރަތަމަ ހަމަޖެހިފައި އިން ގާޒީއެއް ނޫނެވެ.
އެ މައްސަލައިގައި ދެން އެންމެ އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކޮށްފައިވަނީ ވައިލެޓްވިލާ/ ހއ. ހޯރަފުށި، އަހްމަދު މޫސާއެވެ. އޭނާގެ ބަންދުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހު ވަނީ ދެވަނަ ފަހަރަށް އިތުރުކޮށްފައެވެ.
ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި ޝަހީބަކީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރެކެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އޭނާ ވަނީ މެމްބަރުކަމުން ސަސްޕެންޑުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު