އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ ފަރާތުން އިސްލާމިކް މިނިސްޓްރީއަށް 10،000 މުސްހަފު ހަދިޔާކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ ކޮޓަރިކޮޅުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ ފަރާތުން މުސްތަފުތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އެ ފައުންޑޭޝަންގެ ރައީސް އަބްދުﷲ ރަޝީދެވެ. މިނިސްޓްރީގެ ފަރާތުން މުސްހަފުތަކާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ ފަރާތުން ހަދިޔާކުރި 10،000 މުސްހަފު، މާލޭ ސަރަހައްދާއި އަތޮޅުތެރޭގެ މިސްކިތްތަކާއި ސްކޫލުތަކަށް ބޭނުންވާ ވަރަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް އެކި ފައުންޑޭޝަންތަކުން އިސްލާމިކް މިނިސްޓްރީއަށް މުސްހަފު ހަދިޔާކޮށްފައިވެއެވެ.