ކޮވިޑް-19 އިން އެނގުނު އެންމެ ބޮޑު ހަގީގަތަކީ ގައުމުތައް ގުޅިގެން ނޫން ގޮތަކަށް ކުރިޔަށް ނުދެވޭނެކަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ދެގައުމުގެ ދެމެދު ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ބޭއްވި ޖޮއިންޓް ޕްރެސް ބްރީފިންގައި ޝާހިދު ވިދާޅުވީ ކޮވިޑްގެ ސަބަބުން މިއަދު ދުނިޔޭގެ ގްލޯބަލް ސިސްޓަމް އެއްކޮށް ބަދަލުކޮށްލާފައިވާ ކަމަށާއި މިކަމުގެ އަސަރު ނުކުރާ އެއްވެސް ގައުމެއް ނުހިމެނޭ ކަމަށެވެ. އަދި މި ޕެންޑެމިކްގެ ސަބަބުން ރާއްޖެއަށްވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވާކަން ހާމަކުރައްވައި ޝާހިދު ވިދާޅުވީ ޓޫރިޒަމަށް ސޭފް ގައުމެއްގެ ގޮތުގައި ރާއްޖެ ހަމަޖެހިގެން ދިޔައީ ވަރަށް ގިނަ ގައުމުތަކެއްގެ އެހީތެރިކަމާއެކު ކަމަށާއި އޭގެ ތެރޭގައި އެމެރިކާއަކީ އެއް ބައިވެރިއެއް ކަމަށެވެ. އަދި އިގުތިސާދު އާރާސްތުކުރުމުގައު ވެސް އެމެރިކާއިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަަމަށް ވިދާޅުވިއެވެ.
"މި ޕެންޑެމިކް އިން ދަސްކޮށްދިންކަމަކީ މިކަމުން އަރައިގަނެވޭނީ އެންމެން ގުޅިގެން ކަން. އެއްވެސް ގައުމަކީ އަމިއްލައަށް ބަރޯސާ ވެވޭނެ ގައުމެއް ނޫން. ހުރިހާ ގައުމެއް ގުޅިގެން ނޫނީ މި ޕެންޑެމިކް އިން އަރައި ނުގަނެވޭނެ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މި ޕެންޑެމިކްގެ ސަބަބުން ޑެވެލޮޕްމެންޓްތައް އަލުން ރީ އިވެލުއޭޓް ކުރަން ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށާއި މުހިންމު ކުރިއެރުންތަކަށް އަމާޒު ހިފިގެން ގޮސްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު