ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުކުޅު ފިހާރައިން ވިއްކާ ތަކެތީގެ އަގު ހެޔޮކޮށްފިއެވެ.

އެ ފިހާރައިން މައުލޫމާތު ދިން ގޮތުގައި އެ ފިހާރައިން އަގު ހެޔޮކޮށްފައިވަނީ ކުކުޅު، ގެރި މަސް އަދި ބަކަރި މަހުގެއެވެ.

އެގޮތުން ކުކުޅު ފިހާރައިން މީގެ ކުރިން އެއް ކިލޯގެ ޗިކަން ތައި ވިއްކަމުން އައީ 80 ރުފިޔާއަށް ކަމަށާއި އެ އަދަދު މިހާރު 65 ރުފިޔާއަށް އަގު ހެޔޮ ކޮށްފައިވާނެ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ. އަދި 110 ރުފިޔާއަށް ކުރިން ވިއްކަމުން އައި 900 ގްރާމުގެ މަޓަން ދެން ވިއްކާނީ 75 ރުފިޔާއަށް ކަމަށް ދިިވެހިން ބުނެއެވެ.

މީގެ އިތުރުންވެސް ކުރިން 155 އަށް ވިއްކަމުން އައި އެއް ކިލޯގެ ބީފް ޓެންޑާލޮއިންގެ އަގު މިހާރު 135 ރުފިޔާއަށް ކުޑަކޮށްފައިވާނެ ކަމަށާއި ކުރިން 122 ރުފިޔާއަށް ވިއްކަމުން އައި އެއް ކިލޯގެ ބީފް ޓޮޕްސައިޑްގެ އަގު މިހާރު 115 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.

ކުކުޅު ފިހާރައިން މައުލޫމާތު ދިން ގޮތުގައި އެ ފިހާރައިގެ ވެބްސައިޓުން ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތް އެ ފިހާރައިން ދެއެވެ. އަދި 500 ރުފިޔާއަށް ވުރެ މަތީގެ ވިޔަފާރި ކުރާ ރީޓެއިލް ކަސްޓަމަރުންނަށްވެސް ގަންނަ ތަކެތި ބޭނުން ބޯޓަކަށް ފޯރުކޮށްދޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލު ކުކުޅު ފިހާރަ އިން މީގެކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އެ ފިހާރައިގެ އީ-ޝޮޕިން މޯލް ހުޅުވުމާއެކު އެކިއެކި ސާމާނު އަގުހެޔޮކޮށް މިހާރު ލިބެން ހުރެއެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން މީގެ ކުރިން ބުނެފައިވެއެވެ.

އެގޮތުން އެން 95 މާސްކާއި ސެނެޓައިޒާ ވެސް އެ ފިހާރައިގެ އީމޯލުން މިހާރު ލިބެން ހުރެއެވެ. އަދި ކުކުޅު ފިހާރައިގެ އައުޓްލެޓްތަކުން ގަހާއި ގަސް އިންދުމަށް ބޭނުންވާ ސާމާނު ވެސް މިހާރު ދަނީ ވިއްކަމުންނެވެ.

ކުކުޅު ފިހާރައިގެ ދެ އައުޓްލެޓް މާލޭގައި ހުންނަ އިރު ހުޅުމާލޭގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ. އަދި އަތޮޅު ތެރޭގައި އއ. ތޮއްޑޫ، ރ. މަޑުއްވަރީ އަދި ސ. ހިތަދޫގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ވަނީ ހުޅުވައިފައެވެ.

ކުކުޅު ފިހާރައިން ބުނީ، މާލެ އާއި އަތޮޅުތެރޭގައި އެ ފިހާރައިގެ އިތުރު އައުޓްލެޓުތައް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. ކުކުޅު ފިހާރައިގެ އަޒުމަކީ އެ ފިހާރައިގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކޮށް، ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނިކުރި ތަކެތި ފޯރުކޮށްދިނުމެވެ.

ކުކުޅު ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މައުލޫމާތު ހޯދުމަށް ހުޅުމާލެއިން ނަމަ 9666575 އަށް އަދި މާލެއިންނަމަ 9986575 އަށް ގުޅުމަށް އެ ފިހާރައިން އެދެއެވެ.