ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ކޯލިޝަނަކުން ވެރިކަން ހިންގަވަމުން ގެންދަވާ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ކޯލީޝަން ހަދައިގެން ވެރިކަން ހިންގޭނެ ކަމަށް އެއްވެސް ގާނުނެއްގައި ނޯންނާނެ ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޯލިޝަނަކުން ވެރިކަން ހިންގަވަނީ، ކޮން ގާނޫނެއްގެ ދަށުންތޯވެސް ޖާބިރު، މަޖިލިސް ރައީސަށް އީޝާރާތް ކުރައްވައި ސުވާލު ކުރެއްވިއެވެ.
އެހެންކަމުން ޖާބިރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ހިންގަވަނީ ގާނޫނާހިލާފަށް ކަމަށެވެ.
އެމައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށާއި، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އަންނަ ބުރާސްފަތި ދުވަހު އެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ކޯލީޝަން އެގްރިމެންޓެއްގެ ދަށުން ވެރިކަން ކުރައްވަމުން ގެންދަވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވާއިރު، އެއީ ރާއްޖޭގައި ވެރިކަން ކުރުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮންނަ ސިފައާ ހިލާފް ކަމެއް ކަމަށެވެ.
ގާސިމަށް އެއްބައި، ކާސިމަށް އެއްބައި އަނެއްމީހަކަށް އަނެއްބައި ހަދާލައިގެން ތަރިކަ މުދާ ގަނޑެއްގޮތަށް ހަތަރު މީހުންނަށް ބަހާލާއިގެން ވެރިކަން ނުކުރެވޭނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު