އެމްޑީޕީގެ މަޖިލިސް މެމްބަރުން ހުސްބުޅީގައި ގަންނާނެ ކަމުގެ ވިސްނުމުގައި އިދިކޮޅު ފަރާތްތަކުން އެއްވެސްކަމެއް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، ހޯމް މިިނިސްޓަރު އިމްރާން އަބުދުﷲގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައާ ގުޅޭގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފި އެވެ.
މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވުމުން، އަލީ އާޒިމް އެ މައްސަލައިގައި ވާހަކަދެއްކެވީ ނިޒާމީ މައްސަލަ ނަންގަވައިގެންނެވެ. އެ މައްސަލައިގައި އެމްޑީޕީން އިމްރާން ދިފާއު ކުރައްވާނެ ކަމަށް އިޝާރާތް ކުރައްވަމުން އާޒިމް ވިދާޅުވީ، އެމްޑީޕީއަކީ ސަރުކާރުގެ ހިއްސާދާރުން ކަމަށާއި ސަރުކާރުގެ ބައިވެރިއެއް ކަމަށެވެ.
އެމްޑީޕީ މެންބަރުން ކަމަކަށް ނިކުންނައިރު އެޖެންޑާއެއް އޮންނަ ކަމަށާއި ކަންތައްތައް ކުރަމުން ގެންދަނީ އެ އެޖެންޑާއާ އެއްގޮތަށް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ޕާޓީއަކުން، އެއްވެސް ބޭފުޅަކު އުންމީދު ކޮށްގެން ނުވާނެ އަޅުގަނޑުމެންގެ ތެރޭގައި ހިޔާލު ތަފާތުވުމެއް އޮންނަ ކޮންމެ ފަހަރަކު އެއީ ހުސްބުޅީގައި އަޅުގަނޑުމެން ގަންނާނެ ކަމަށް (އަދި) އަޅުގަނޑުމެންގެ އެޖެންޑާގައި އޮތްގޮތާ ހިލާފަށް ކަންކަން މިތާތެރޭގައި (މަޖިލިސް ތެރޭގައި) ކުރަމުންދާނެ ކަމަށް އުއްމީދު ކޮށްގެން، އެ ހުސްބުޅި ވިސްނުމުގައި މި މަޖިލީހަށް ކަންކަން ހުށަހަޅުއްވައިގެން ކަންކަން ކުރިއަށްގެންދެވިދާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ،" އަލީ އާޒިމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އިތުބާރު އެބައޮތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި އެމްޑީޕީ މެންބަރުންގެ އިތުބާރު މި ސަރުކާރަށް ނެތްކަން ދެއްކުމުގެ ގޮތުން ކުރަމުން އަންނަ މަސައްްކަތް ހުއްޓާލުމަށް ވާދަވެރި ފަރާތްތަކަށް އާޒިމް ގޮވާލެއްވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު