ސީޝެލްސްގެ ގައުމީ އެއާލައިން، އެއާ ސީޝެލްސް އިން ރާއްޖެ އާއި ސައުތް އެފްރިކާއާ ދެމެދު ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
ޓްރެވަލް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އެއާލައިންގެ ދަތުރުތަކެއް ރާއްޖެއަށް ބާއްވާނީ އާ އަހަރާ ދިމާކޮށެވެ.
އެގޮތުން ޑިސެމްބަރު ހަތަރުން އަންނަ އަހަރުގެ ޖަނަވަރީ ނުވަ ވަނަ ދުވަހާ ހަމައަށް އެ އެއާލައިނުން ސައުތް އެފްރިކާގެ އެންމެ ބޮޑު ސިޓީ، ޖޮހެނެސްބާގް އާއި މާލެއާ ދެމެދު ފްލައިޓްތައް ބާއްވާނެ އެވެ. އަދި މި ފްލައިޓް ރޫޓުގައި ޝީސެލްސްގައި ޓްރާންސިޓް ކުރާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އެއާ ޝީސެލްސްގެ ދަތުރުތައް ރާއްޖެއަށް ބާއްވާނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު އެވެ.
ފަތުުރުވެރިކަމުގެ ސީޒަނާ ދިމާކޮށް ގިނަ އެއާލައިން ތަކަކުން އަންނަނީ ރާއްޖެ އަށް ދަތުރު ފަށަން ތައްޔާރު ވަމުންނެވެ. އެގޮތުން އޮސްޓްރިއާގެ ގައުމީ އެއާލައިން، އޮސްޓްރިއަން އެއާލައިންގެ ދަތުރުތައް މިމަހުގެ 25 ވަނަ ދުވަހު ރާއްޖެއަށް ފަށާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު