ކުކުޅު ފިހާރަ

ކުކުޅު ފިހާރައިގެ ފްރޯޒަން ޕެކް ޕްރޮމޯޝަން: ފަހު ހަފުތާގެ ނަސީބުވެރިއަކަށް ޒަހީނާ

މަރިޔަމް ޝަހުދާ

ކުކުޅު ފިހާރައިން ކޮންމެ ހަފްތާއަކު "ފްރޯޒަން ޕެކް" އެއް ލިބޭ ޕްރޮމޯޝަންގެ ފަހު ހަފްތާގެ ނަސީބުވެރިޔާ ހޮވައި، އިނާމު ހަވާލުކޮށްފިއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަންގެ އެންމެ ފަހު ހަފުތާގެ ނަސީބުވެރިޔަކަށް ހޮވާފައިވަނީ ޒަހީނާ ޒާހިރު އެވެ.

ކުކުޅު ފިހާރައިން މައުލޫމާތު ދިން ގޮތުގައި މި ޕްރޮމޯޝަން ނިމުމަކަށް އައި ނަމަވެސް، އަންނަ ހަފުތާގައި އިތުރު ޕްރޮމޯޝަނެއް ފޭސްބުކް މެދުވެރިކޮށް ފަށާނެއެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލު ކުކުޅު ފިހާރަ އިން މީގެކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އެ ފިހާރައިގެ އީ-ޝޮޕިން މޯލް ހުޅުވުމާއެކު އެކިއެކި ސާމާނު އަގުހެޔޮކޮށް މިހާރު ލިބެން ހުރެ އެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.

އެގޮތުން އެން 95 މާސްކާއި ސެނެޓައިޒާ ވެސް އެ ފިހާރައިގެ އީމޯލުން މިހާރު ލިބެން ހުރެ އެވެ. އަދި ކުކުޅު ފިހާރައިގެ އައުޓްލެޓްތަކުން ގަހާއި ގަސް އިންދުމަށް ބޭނުންވާ ސާމާނު ވެސް މިހާރު ދަނީ ވިއްކަމުންނެވެ.

މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގައި ހުޅުވާފައިވާ ކުކުޅު ފިހާރައިގެ އައުޓްލެޓްތަކުން ގަހާއި ގަސް އިންދުމަށް ބޭނުންވާ ސާމާނުވެސް މިމަހުގެ ތެރޭ ވިއްކަން ފަށާފައިވެއެވެ. އަދި އެ ފިހާރައިގެ ވެބްސައިޓު، www.kukulhufihaara.com އިން ވެސް އެ ފިހާރައިން ވިއްކާ ހުރިހާ ތަކެތި ގަނެވޭނެ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.

ކުކުޅު ފިހާރައިގެ ދެ އައުޓްލެޓް މާލޭގައި ހުންނަ އިރު ހުޅުމާލޭގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެ އެވެ. އަދި އަތޮޅު ތެރޭގައި އއ. ތޮއްޑޫ، ރ. މަޑުއްވަރީ އަދި ސ. ހިތަދޫގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ވަނީ ހުޅުވައިފަ އެވެ.

ކުކުޅު ފިހާރައިން ބުނީ، މާލެ އާއި އަތޮޅުތެރޭގައި އެ ފިހާރައިގެ އިތުރު އައުޓްލެޓުތައް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. ކުކުޅު ފިހާރައިގެ އަޒުމަކީ އެ ފިހާރައިގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކޮށް، ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނިކުރި ތަކެތި ފޯރުކޮށްދިނުމެވެ.

ކުކުޅު ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މައުލޫމާތު ހޯދުމަށް ހުޅުމާލެއިން ނަމަ 9666575 އަށް އަދި މާލެއިންނަމަ 9986575 އަށް ގުޅުމަށް އެ ފިހާރައިން އެދެއެވެ.