ބައިޑެން އިންތިހާބު ކާމިޔާބު ކުރައްވައިފިނަމަ ސައިންސުވެރިން ދައްކާ ވާހަކަ އަޑުއައްސަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެން އަށް ނިސްބަތްކުރައްވައި ރައީސް ޓްރަމްޕް ގެންދަވަނީ ގިނަ ވާހަކަފުޅުތަކެއް ދައްކަވަމުންނެވެ.
ޓްރަމްޕް ވަނީ ކެމްޕެއިން ރެލީއެއްގައި ވާހަކަފުޅުދައްކަވަމުން އެގައުމުގެ އިންތިހާބު ބައިޑެން ކާމިޔާބު ކުރައްވައިފިނަމަ އެގައުމުގެ މުސްތަގުބަލަށް ކޮވިޑްގެ ވައިރަސްގެ ސަބަބުން ދެރަގޮތްތަކެއްވެ ލޮކްޑައުން އަކަށް ދާނެކަމަށް ވެސް ވިދާޅުވެފައެވެ.
ރެލީގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ ބައިޑެން އެގައުމުގެ ސައިންސްވެރިންގެ ވާހަކަތައް ގަބޫލުކުރައްވައި މުޅިގައުމު ޑިޕްރެޝަންއަކަށް ފޮނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އެމެރިކާގެ ބައެއް ސިޓީތަކުގެ މޭޔަރުން އެސިޓީތައް ބަންދުކުރުމުން އެކަމާ ގުޅިގެން ވެސް ފާޑު ވިދާޅުވެ ޓްރަމްޕް ވަނީ ވާހަކަފުޅު ދައްކާފާއެވެ.
އެމެރިކާ ވަނީ ދުނިޔޭގެ ކޮވިޑް ޖެހިފައިވާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައެވެ. އެގައުމުން މިހާތަނަށް 8.1 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ