ނިއުޒިލެންޑުގެ އާންމު އިންތިހާބު އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން ކާމިޔާބު ކުރައްވައި، މަގާމު ދިފާއު ކުރައްވައިފި އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ނިއުޒިލެންޑުގެ ވެރިކަންކުރާ ލޭބާ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވައި، އާޑެން މަގާމު ދިފާއުކުރެއްވީ 49 ޕަސެންޓް ވޯޓް ހޯއްދަވައިގެންނެވެ. އިދިކޮޅު ނެޝަނަލް ޕާޓީގެ ކެނޑިޑޭޓަށް 27 ޕަސެންޓް ވޯޓް ލިބިވަޑައިގެންނެވި އިރު، ގްރީން ޕާޓީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ އަށް ޕަސެންޓް ވޯޓެވެ.
އިންތިހާބުގައި ލިބުނު ކާމިޔާބީއާ ގުޅިގެން ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން އާޑެން ވިދާޅުވީ، ލޭބާ ޕާޓީ އަށް ރައްޔިތުންގެ ގިނަ ބަޔަކު ތާއީދުކުރާތާ މިހާރު 50 އަށްވުރެން ގިނަ އަހަރުވެއްޖެ ކަމަށެވެ. އަދި އެޕާޓީގެ ސަރުކާރެއްގައި ރައްޔިތުންގެ ކާމިޔާބީގެ ފައިދާ ސަރުކާރު މެދުވެރިކޮށް ރައްޔިތުންނަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމާއެކު ނެޝަނަލް ޕާޓީގެ ކެނޑިޑޭޓު ޖުޑިތް ކޮލިންސް ވަނީ އާޑެން އަށް މަރުހަބާ ވިދާޅުވެފަ އެވެ.
އާންމު އިންތިހާބުގައި އާޑެންގެ ލޭބާ ޕާޓީއަށް ވަނީ 64 ގޮނޑި ކަށަވަރުވެފަ އެވެ. މިއީ އެގައުމުގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު 1996 ވަނަ އަހަރުގައި ތައާރަފްކުރި ފަހުން އެއް ޕާޓީއަކަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިހާބޮޑު ކާމިޔާބެއް ލިބުނު ފުރަތަމަ ފަހަރެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ