ޓްރަމްޕުގެ ދަރިކަލުންވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އުމުރުން 14 އަހަރުގެ ބެރޮން ކޮވިޑަށް ޕޮޒިޓިވް ވިކަމަށް ފަސްޓްލޭޑީ މެލެނިއާ ޓްރަމްޕް ވަނީ އިއުލާން ކުރައްވައިފައެވެ.
މެލޭނިއާ ޓްރަމްޕް ވިދާޅުވީ ބެރޮން ގެ ގައިން ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށާއި އެއީ ހިތްވަރު ގަދަ ޒުވާނެއް ކަމަށެވެ.
ދާދި ފަހުން ޑެސް މޯނިސްގައި ބޭއްވި ރެލީއެއްގައި ޓްރަމްޕް ވަނީ ދަރިފުޅަކަށް ކޮވިޑް ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކޮވިޑް ވައިރަހުގެ އަސަރު ބެރޮންގެ ހަށިގަނޑުގައި ހުރީ ވަރަށް ކުޑަ ދުވަސްކޮޅަކަށް ކަމަށް ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލޭނިއާ ޓްރަމްޕް ވަނީ މިމަހުގެ ކުރީކޮޅު ކޮވިޑަށް ޕޮޒިޓިވް ވެ ފަރުވާ ހޯއްދަވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ