ކުކުޅު ފިހާރައިން ކޮންމެ ހަފްތާއަކު "ފްރޯޒަން ޕެކް" އެއް ލިބޭ ޕްރޮމޯޝަންގެ އަށް ވަނަ ހަފުތާގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ފެށި އެ ޕްރޮމޯޝަންގެ ހަތް ވަނަ ހަފުތާގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ޒާހިޔާ އާދަމް އެވެ.
ކުޅުޅު ފިހާރައިގެ ޕޭޖުގައިވާ "ޝެއާ އެންޑް ވިން" ޕޯސްޓަށް ލައިކް ކުރުމަށްފަހު އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގު ކުރުމުން ބައިވެރިވެވޭ އެ ޕްރޮމޯޝަނަކީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އަދި އެ ޕްރޮމޯޝަންގެ ހަފުތާގެ ނަސީބުވެރިޔާ އިއުލާން ކުރަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު އެވެ.
ގިނަ ބައެއްގެ މެދުގައި މަގުބޫލު ކުކުޅު ފިހާރަ އިން މީގެކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އެ ފިހާރައިގެ އީ-ޝޮޕިން މޯލް ހުޅުވުމާއެކު އެކިއެކި ސާމާނު އަގުހެޔޮކޮށް މިހާރު ލިބެން ހުރެ އެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.
އެގޮތުން އެން 95 މާސްކާއި ސެނެޓައިޒާ ވެސް އެ ފިހާރައިގެ އީމޯލުން މިހާރު ލިބެން ހުރެ އެވެ. އަދި ކުކުޅު ފިހާރައިގެ އައުޓްލެޓްތަކުން ގަހާއި ގަސް އިންދުމަށް ބޭނުންވާ ސާމާނު ވެސް މިހާރު ދަނީ ވިއްކަމުންނެވެ.
ކުކުޅު ފިހާރައިގެ ދެ އައުޓްލެޓް މާލޭގައި ހުންނަ އިރު ހުޅުމާލޭގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެ އެވެ. އަދި އަތޮޅު ތެރޭގައި އއ. ތޮއްޑޫ، ރ. މަޑުއްވަރީ އަދި ސ. ހިތަދޫގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ވަނީ ހުޅުވައިފަ އެވެ.
ކުކުޅު ފިހާރައިން ބުނީ، މާލެ އާއި އަތޮޅުތެރޭގައި އެ ފިހާރައިގެ އިތުރު އައުޓްލެޓުތައް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. ކުކުޅު ފިހާރައިގެ އަޒުމަކީ އެ ފިހާރައިގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކޮށް، ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނިކުރި ތަކެތި ފޯރުކޮށްދިނުމެވެ.
ކުކުޅު ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މައުލޫމާތު ހޯދުމަށް ހުޅުމާލެއިން ނަމަ 9666575 އަށް އަދި މާލެއިންނަމަ 9986575 އަށް ގުޅުމަށް އެ ފިހާރައިން އެދެއެވެ.
ކުކުޅު ފިހާރަ
ކުކުޅު ފިހާރަ
ކުކުޅު ފިހާރަ
ކުކުޅު ފިހާރަ