ޕޮލެންޑުގައި ދެވަނަ ބޮޑު ހަނގުރާމައިގައި ނުގޮވައި އޮތް ބޮމެއް ނައްތައިލުމުގެ މަސައްކަތް ކުރަނިކޮށް ގޮވައިފިއެވެ.
އެ ބޮން ނައްތައިލުމަށް ފެށި ފަސް ދުވަހުގެ އޮޕަރޭޝަންގައި ބޮން ގޮވި ނަމަވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޕޮލެންޑު ނޭވީއިން ބުނެއެވެ.
ޕޮލެންޑުން ފެނިފައިވާ މިބޮމަކީ މިހާތަނަށް ފެނިފައިވާ ބޮންތަކުގެ ތެރެއިން ނުގޮވައި އޮއްވައި ފެނުނު އެންމެ ބޮޑު ބޮން ކަމަށް އެގައުމުން ބުނެފައި ވެއެވެ.
5400 ކިލޯ ހުރި މިބޮމުގެ އެތެރޭގައި 2400 ކިލޯގެ ގޮވާތަކެތި ހުރިކަމަށް ޕޮލެންޑުގެ ނޭވީ އިން ބުނެއެެވެ. ނޭވީ އިން ވަނީ މިއީ ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސި ރޯޔަލް އެއާފޯސް އިން ބޭނުންކުރި ބޮމެއްކަން ފާހަގަވެފައިވާ ކަމަށް ބުނެފައެވެ.
ބޮން ފެނުނު ސަރަހައްދުގައި ހުރި ހުރިހާ ކާރުހާނާ ތަކަކާއި މަސައްކަތްތައް ހުއްޓުވައި މީހުން ހުސްކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ