މަލްޓިލޭޓަރަލް ފޯރަމްތަކުގައި ރާއްޖެ އާއި އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގައުމުތަކާ ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާތައް ކޮށްފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އާސިއާންގެ ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއެކު މިއަދު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައެވެ. އެގޮތުން މި ބައްދަލުވުމުގައި އިންޑޮނީޝިއާ އާއި މެލޭޝިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ހައި ކޮމިޝަނަރުންނާއި ލާއޯސް، ފިލިޕީންސް، ތައިލެންޑް އަދި ވިއެޓްނާމުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު މަޝްވަރާ ކުރެއްވި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ކޮވިޑް-19ގެ ސަބަބުން ރާއްޖެ އާއި އާސިއާންގެ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެންމެ ފަހުގެ މައުލޫމާތު އެ ބައްދަލުވުމުގައި މިނިސްޓަރާއި ސަފީރުން ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެ އާއި އާސިއާންގެ ގައުމުތަކާއެކު އޮންނަ ދޭދޭ ގުޅުން ބަދަހިކުރުމާއި މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ކޮވިޑާ ގުޅިގެން ގައުމުތަކުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު