ރާއްޖޭގެ މެރިޓައިމް ދާއިރާ ހަރުދަނާކުރުމަށް ސީފެއާރާސް ރައިޓްސް އިންޓަނޭޝަނަލް (އެސްއާރްއައި) އާއެކު ޓްރާންސްޕޯޓް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި އެސްއާރްއައިއާ ދެމެދު އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި އެސްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ އެ ސެންޓަރުގެ އެގްޒެކެޓިވް ޑިރެކްޓަރު ޑިއެޑްރެ ފިޓްޕެޓްރިކް އެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މެރިޓައިމް ދާއިރާ ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ގާނޫނުތައް ހެދުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށް ރާއްޖޭގެ މެރިޓައިމް ސިޔާސަތު ބައްޓަންކުރުމުގައި އެސްއާރުއައިގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެސްއާރްއައިއަކީ ދުނިޔޭގެ ސީފެއާރާސްގެ ހައްގުތައް ރައްކާތެރިކުރުމާއި ރިސާޗާއި ތަމްރީނާއި ޓެކްނޮލޮޖީގެ ދާއިރާއިން ސީފެއާރާސް ކުރިއަރުވަން މަސައްކަތް ކުރާ މިނިވަން މުއައްސަސާއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު