ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަންނަ ބުރާސްފަތި ދުވަހު ފަށަން ނިންމައިފި އެވެ.
ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑިއާމެދު ސުވާލު އުފެއްދީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދުނު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރުކަން ގަބޫލު ކުރެއްވުމުންނެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށް އެކަން ވަނީ ހަލީމަށް އެ ކޯޓުން އަންގައިފަ އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުއްވުމަށްފަހު ހަލީމު ވިދާޅުވީ، އެ މައްސަލަައަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ ތިންވަނަ ނަންބަރާއި އަށްވަނަ ނަންބަރާ ޔައުގޫބު ހިލާފުވެފައިވާތީ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމަށެވެ. އަދި އެއީ ވަރަށް ސާފު މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަލީމު އިތުރަށް ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރު ކަމުން ޔައުގޫބު މިހާރު އިސްތިއުފާ ދެއްވާފައިވީ ނަމަަވެސް، އެ މަގާމަށް އައްޔަންކޮށް މަގާމު ގަބޫލުކުރެއްވި ހިސާބުން ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާ ބުނާ ގޮތުން، މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު