އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާ އައިސޮލޭޝަންގެ މުއްދަތު ހަމަވުމާއެކު، އަނބުރާ މަސައްކަތަށް ނިކުމެވަޑައިގަތުމުގެ ހުއްދަ ޓްރަމްޕްގެ ޑޮކްޓަރު ޝޯން ކޮންލޭ ދީފިއެވެ.
ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓްރަޕްމްގެ ޑޮކްޓަރު، ޑރ. ޝޯން ކޮންލޭ އާންމު ކުރި މެމޯއެއްގައި ޓްރަމްޕް އަލުން އަނބުރާ ވަޒީފާއަށް ނިކުންނެވުމުގެ ހުއްދަ ދީފައިވަނީ ހޮނިހިރު ދުވަހު އެވެ.
މި ނިންމުމަކީ އެމެރިކާގެ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ސީޑީސީ ގެ ކްރައިޓީރިއާ އަށް ބެލުމަށްފަހު ޑރ. ކޮންލޭ ނިންމާފައިވާ ނިންމުމެއް ކަމަށް ސީއެންއެން އިން ބުނެއެވެ. ނަމަވެސް ޓްރަމްޕް ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމަށް ޑރ. ކޮންލޭގެ މެމޯގައި ފާހަގަ ކޮށްފައެއް ނުވެއެވެ.
ސީޑީސީ އާ ހަވާލާދީ ސީއެންއެންގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ކޮވިޑް 19އާ ގުޅިގެން މީހާ އައިސޮލޭޓް ކުރުމަށްފަހު، މުއްދަތު ހަމަވުމުން އައިސޮލޭޝަން އުވާލުމަށް ކޮވިޑްގެ އިތުރު ޓެސްޓެއް ހަދާކަށް ނުޖެހެއެވެ. އަދި އައިސޮލޭޝަންގެ މުއްދަތު ހަމަވުމުން ކޮވިޑަށް ނެގެޓިވް ނަތީޖާއެއް ބޭނުން ނުވާ ކަމަށްވެސް ސީއެންއެން އިން ބުނެފައި ވެއެވެ.
ޑރ. ކޮންލީ އާ ހަވާލާދީ ސީއެންއެންގައި ބުނެފައިވާ ގޮތުން ޓްރަމްޕް އަނބުރާ މަސައްކަތަށް ނިކުންނެވުމުގެ ހުއްދަ ދީފައިވަނީ ޓްރަމްޕްގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެނުނުތާ 10 ދުވަސް ފަހުންނެވެ. ހޮނިހިރު ދުވަހާއި ހަމަޔަށް ޓްރަމްގެ ފުށުން ހުމުގެ އަސަރެއް ނުފެންނަތާ 24 ގަޑިއިރު ވީ ފަހުންނެވެ. މީގެ އިތުރުން ޓްރަމްޕްގެ ފުށުން ކޮވިޑުގެ އެއްވެސް އަލާމާތެއް ނުފެންނާތީ ކަމަށް ޑރ. ކޮންލީ ވިދާޅުވި ކަމަށް ސީއެންއެން އިން ބުނެފައި ވެއެވެ.
ޓްރަމްޕް ކޮވިޑަށް ޕޮޒިޓީވް ވި ފަހުން ފުރަތަމަ "ޕަބްލިކް އިވެންޓް" ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި ޓްރަމްޕް އަނބުރާ މަސައްކަތަށް ނިކުންނެވުމުގެ ހުއްދަ ދިނުމަށް ޑރ. ކޮންލޭ ނެރުނު މެމޯ އާންމު ކޮށްފައިވަނީ މި އިވެންޓުގައި ކަމަށް ސީއެންއެން އިން ބުނެފައި ވެއެވެ.
ޓްރަމްޕްގެ އިތުރުން ޓްރަމްޕްގެ އަނބިކަނބަލުން މެލޭނިއާ ޓްރަމްޕް ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަން އިއުލާނުކޮށްފައިވަނީ މިމަހު ދެވަނަ ދުވަހު ޓްރަމްޕް ކުރެއްވި ޓުވީޓެއްގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ