ކުކުޅު ފިހާރަ

ކުކުޅު ފިހާރައިގެ ފްރޯޒަން ޕެކް ޕްރޮމޯޝަން: ހަތް ވަނަ ހަފުތާގެ ނަސީބުވެރިޔަކަށް ހަނީފާ

އަލީ ޔާމިން

ކުކުޅު ފިހާރައިން ކޮންމެ ހަފުތާއަކު "ފްރޯޒަން ޕެކް" އެއް ލިބޭ ޕްރޮމޯޝަންގެ ހަތް ވަނަ ހަފުތާގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ފެށި ކުކުޅު ފިހާރައިގެ "ފްރޯޒަން ޕެކް" ޕްރޮމޯޝަންގެ ހަތް ވަނަ ހަފުތާގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އައިޝަތު ހަނީފާއެވެ

ކުޅުޅު ފިހާރައިގެ ޕޭޖުގައިވާ "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށްފަހު އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން ބައިވެރިވެވޭ މި ޕްރޮމޯޝަނަކީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އަދި މި ޕްރޮމޯޝަންގެ ހަފުތާގެ ނަސީބުވެރިޔާ އިއުލާން ކުރަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު އެވެ.

ކުކުޅު ފިހާރައަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ފިހާރައެކެވެ. އެތަނުން މީގެ ކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އެ ފިހާރައިގެ އީ-ޝޮޕިން މޯލް ހުޅުވުމާއެކު އެކިއެކި ސާމާނު އަގުހެޔޮކޮށް މިހާރު ލިބޭއިރު ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ. އެގޮތުން އެން 95 މާސްކާއި ސެނެޓައިޒާ ވެސް ކުކުޅު ފިހާރައިގެ އީމޯލް އިން މިހާރު ލިބެން ހުރެ އެވެ. އަދި ކުކުޅު ފިހާރައިގެ އައުޓްލެޓްތަކުން ގަހާއި ގަސް އިންދުމަށް ބޭނުންވާ ސާމާނުވެސް ލިބެން ހުންނާނެއެވެ.

ކުކުޅު ފިހާރައިގެ ދެ އައުޓްލެޓް މާލޭގައި ހުންނަ އިރު ހުޅުމާލޭގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެ އެވެ. އަދި އަތޮޅު ތެރޭގައި އއ. ތޮއްޑޫ، ރ. މަޑުއްވަރީ އަދި ސ. ހިތަދޫގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ވަނީ ހުޅުވައިފަ އެވެ.

ކުކުޅު ފިހާރައިން ބުނީ، މާލެ އާއި އަތޮޅުތެރޭގައި އެ ފިހާރައިގެ އިތުރު އައުޓްލެޓުތައް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެ ފިހާރައިގެ އަމާޒަކީ އެ ފިހާރައިގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމެވެ. އަދި ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނިކުރި ތަކެތި ފޯރުކޮށްދިނުމެވެ.

ކުކުޅު ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މައުލޫމާތު ހޯދުމަށް ހުޅުމާލެއިން ނަމަ 9666575 އަށް އަދި މާލެއިންނަމަ 9986575 އަށް ގުޅުމަށް އެ ފިހާރައިން އެދެއެވެ.