ވިޔަފާރި

ގަހާއި ގަސް އިންދުމަށް ބޭނުންވާ ސާމާނު ކުކުޅު ފިހާރައިގެ ހުރިހާ އައުޓްލެޓަކުން ވިއްކަން ފަށައިފި

މަރިޔަމް ޝަހުދާ

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުކުޅު ފިހާރައިގެ ހުރިހާ އައުޓްލެޓުތަކުން ގަސް އިންދުމަށް ބޭނުންވާ ސާމާނު ވިއްކަން ފަށައިފި އެވެ.

ކުކުޅު ފިހާރައިން ބުނީ، މާލެ އާއި ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގައި ހުޅުވާފައިވާ އެ ފިހާރައިގެ އައުޓްލެޓްތަކުން ގަސް އިންދުމަށް ބޭނުންވާ ސާމާނު ވިއްކަން ފެށީ މި ދުވަސްވަރު އެތަކެތީގެ މަގުބޫލުކަން ދިވެހިންގެ މެދުގައި އިތުރުވެފައިވާތީ ކަމަށެވެ.

އެގޮތުން ކުކުޅު ފިހާރައިގެ ހުރިހާ އައުޓްލެޓަކުން މިހާރު ގަހާއި ގަސް އިންދާ ޕޮޓު ލިބޭނެ އެވެ. އަދި އެ ފިހާރައިގެ ވެބްސައިޓު، www.kukulhufihaara.com އިން ވެސް އެ ތަކެތި ގަނެވޭނެ އެވެ.

މާލޭގައި ދެ އައުޓްލެޓް އަދި ހުޅުމާލޭގައި ކުކުޅު ފިހާރައިގެ ދެ އައުޓްލެޓެއް ހުރެއެވެ. އޭގެ އިތުރުން އއ. ތޮއްޑޫ، ރ. މަޑުއްވަރީ އަދި ސ. ހިތަދޫގައި ވެސް އައުޓްލެޓެއް ވަނީ ހުޅުވައިފަ އެވެ.

ކުކުޅު ފިހާރައިން ބުނީ، މާލެ އާއި އަތޮޅުތެރޭގައި އެ ފިހާރައިގެ އިތުރު އައުޓްލެޓުތައް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނިކުރި ތަކެތި ފޯރުކޮށްދެމުން އަންނަ ކުކުޅު ފިހާރައިގެ އަމާޒަކީ އެ ފިހާރައިގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމެވެ.