އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ލިމިޓެޑުން އުފައްދާ ތާޒާ ފެން އޯޑަރު ކުރެވޭނެ ކުރު ނަންބަރު 1619 މިއަދު ތައާރަފުކޮށްފިއެވެ.
އައިލެންޑް ބެވަރޭޖްސްއިން ބުނީ، އެކުންފުނިން މިއަދު ތައާރަފުކުރި 1619 ހޮޓްލައިނަކީ އެކުންފުނީގެ ކަސްޓަމަރުން ތާޒާ ފެނަށް އޯޑަރު ކުރުމަށް ފަސޭހަކޮށްދިނުމަށް ތައާރަފު ކޮށްފައިވާ ނަންބަރެއް ކަމަށެވެ.
މި ނަންބަރު ރަސްމީކޮށް ލޯންޗް ކޮށްފައިވަނީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އައިލެންޑް ބެވަރޭޖްސްގެ ޗެއާމަން އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ.
ސޯޅަ ނަވާރަ ހޮޓްލައިން ތައާރަފުކުރެވުމުން ތާޒާ ފެން އޯޑަރު ކުރުމަށް ކަސްޓަމަރުންނަށް ފަސޭހަވެގެންދާނެ ކަމަށް އައިލެންޑް ބެވަރޭޖްސް އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު