އެސްޓީއޯއިން ފުލުހުންނަށް 3،000 ސޭފްޓީ ގޮގުލްސް ހަދިޔާކޮށްފިއެވެ.

އެސްޓީއޯއިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނީ، 3،000 ސޭފްޓީ ގޮގުލްސް އެސްޓީއޯގެ ފަރާތުން ފުލުހުންނާ ހަވާލުކޮށްފައިވަނީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކަމަށެވެ.

އެތަކެއްޗާ ފުލުހުންގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ، ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ކަމަށްވެސް ޓުވީޓުގައި ބުންޏެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން ހަދިޔާކުރި ގޮގުލްސް، ޕީޕީއީ ކިޓްތަކާއެކުގައި ބޭނުން ކުރެވޭނެ ކަމަށާއި އެތަކެތީގެ ސަބަބުން ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީއަކަށްވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ހިމެނޭހެން ކޮވިޑް 19އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތްކުރާ އެންމެންނަށް އެސްޓީއޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.