ބޮލީވުޑްގެ މަޝްހޫރު ބަތަލު އަކްޝޭ ކުމާރު ލީޑްރޯލުން ފެނިގެންދާ ފިލްމު "ބެލްބޮޓަމް" ގެ އާ ޕޯސްޓަރެއް ބެލުންތެރިންނަށް ދައްކާލައިފިއެވެ.

އެގޮތުން އަކްޝޭ އަދި ބެލްބޮޓަމްގެ ޓީމުން އަންނަނީ ކޮވިޑް 19 ތެރޭގައި ފިލްމުގެ ބައެއް ޝޫޓިންތައް ސްކޮޓްލެންޑްގައި ކުރިއަށް ގެންގޮސް ނިންމާލުމަށްފަހު ބާކީ ހުރި ޝޫޓިންތައް ނިންމުމަށް ލަންޑަނަށް ދިއުމަށް ތައްޔާރުވަމުންނެވެ.

ލީޑްރޯލުން އަކްޝޭގެ އިތުރުން ވާނީ ކަޕޫރު ފެނިގެންދާ މި ފިލްމު ޑައިރެކްޓް ކުރަނީ ރަންޖީތު ތިވާރީއެވެ. ސްކޮޓުލެންޑްގެ ޝޫޓިންތައް ނިންމާލުމަށްފަހު އާ ޕޯސްޓަރު އިންސްޓަގްރާމުގައި ހިއްސާ ކުރަމުން އަކްޝޭ ބުނީ، އެއީ އުމުރު ދުވަހަށް ބޭނުން ހިފޭނެ ތަޖުރިބާއެއް ކަމަށެވެ. މީގެއިތުރުން އަކްޝޭ ވަނީ ބެލްބޮޓަމްގެ މުޅި ކްރޫއިން ކުރި މަސައްކަތް ފާހަގަކޮށް އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

ބެލްބޮޓަމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ އޭޕްރީލު މަހުގެ ދެވަނަ ދުވަހެވެ. އަކްޝޭ އެންމެ ފަހުން ބެލުންތެރިންނަށް ފެނިގެން ގޮސްފައިވަނީ މަޝްހޫރު ބަތަލާ ކަރީނާ ކަަޕޫރާ އެކު ގުޑްނިއުޒް އިންނެވެ.