ފަހުގެ މޮޅު ސައިލެއް ބޮޑު ޑިސްކައުންޓަކާއެކު ބޭނުންހެއްޔެވެ؟ އެހެންކަމަށް ވާނަމަ، އެންމެ ރަނގަޅު ޗޮއިސް އަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ އެމްވީއެކްސް ޓްރޭޑިންގެ ދަށުން ހިންގާ އެމްވީއެކްސް މޮޓޯސްއެވެ. އެކުންފުނިން މިވަނީ ހޮންޑާ ބްރޭންޑްގެ ފަހުގެ ސައިކަލުތައް ރާއްޖެ ގެނެސް ބޮޑު ޑިސްކައުންޓަކާއެކު ވިއްކަން ފަށައިފައެވެ.

އެމްވީއެކްސްއިން ވިއްކާ ހުރިހާ ސައިލަކުންވެސް 2،000ރ ގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށާފައިވާއިރު، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށްދާނެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ސައިކަލު އެތެރެކޮށް ވިއްކުމުގެ ވިޔަފާރި ކުރަމުން އަންނަ އެމްވީއެކްސް އިން އެތެރެ ކުރަމުން އަންނަ ސައިކަލުތަކަކީ ކޮލެޓީ ރަނގަޅު ޒަމާނީ ސައިކަލުތަކެކެވެ. މީގެ ތެރޭގައި ހިމެނެނީ އެންމެ ފަހުގެ ސައިކަލުތައް ކަމުގައިވާ ޕީސީ އެކްސް ހައިބްރިޑް، އެއާބްލޭޑް 125 އަދި 125ގެ ބްލެކް އެޑިޝަން، އެއާބްލޭޑް 150 ސްޓޭންޑަޑް އާއި އެއާބްލޭޑް 150ގެ ސްޕެޝަލް އެޑިޝަންގެ އިތުރުން ވިޝަން 110އެވެ.

ވިޝަން 110 އަކީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކޮށްފައިވާ ބަލާލަން ހިތްގައިމު ސައިކަލެކެވެ. އަދި އެމްވީއެކްސްއިން ވިއްކާ އެއާބްލޭޑް 150ގެ ސްޕެޝަލް އެޑިޝަންއަކީ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ސައިކަލެކެވެ.

އެމްވީއެކްސްއިން ވިއްކާ ސައިކަލުތައް، ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭންސް ސްކީމްގެ ތެރެއިން ވެސް ގަނެވޭނެއެވެ. އެތަނުން ވިއްކާ ސައިކަލު ތަކުގެ އަގުތައް ހުންނާނީ 53،000 ރުފިޔާ އިން ފެށިގެން 99،000 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

އެމްވީއެކްސްގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމްއެފްސީއެލް އަދި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށްވެސް އެތަނުގެ ސައިކަލުތައް އިންސްޓޯލްމަންޓަށް ނެގޭނެ އިންތިޒާމު ހަމަޖައްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކަސްޓަމަރު ބޭނުންވާ އިންޝުއަރެންސް ޕެކޭޖުތައް ހަމަޖެއްސުމަށް އިންޝުއަރެންސް ކުންފުނިތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެ އިސްކަމެއްދޭނީ ކަސްޓަމަރުންގެ ސެޓިސްފެކްޝަންއަށް. ކަސްޓަމަރުންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތް މިކުރަނީ. މިވަގުތު ހަމައެކަނި ހޮންޑާގެ ސައިކަލުތައް އެތެރެކުރިނަމަވެސް މުސްތަގުބަލުގައި އިތުރު ބްރޭންޑްތައް އަންނާނެ" އޮފިޝަލް ވިދާޅުވިއެވެ.

އެމްވީއެކްސްގެ ޝޯ ރޫމެއް ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެއާއެކު ފަސޭހަކަމާއެކު ކަސްޓަމަރުންނަށް އެމްވީއެކްސްއިން ވިއްކާ ސައިކަލުތަކާ ބެހޭ މައުލޫމާތު ލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އެމްވީއެކްސް މޮޓޯސްއިން ވިއްކާ ސައިކަލުތަކާ ބެހޭ މައުލޫމާތު ހޯދަން ބޭނުން ނަމަ 7779193 ނަންބަރު ފޯނަށް ގުޅުން އެކުންފުނިން އެދެއެވެ. އަދި ސައިކަލުތަކާ ބެހޭ މައުލޫމާތު އެމްވީއެކްސް މޮޓޯސްގެ މީސްމީޑިއާ ޕޭޖުތަކުންވެސް ލިބެން ހުންނާނެއެވެ.