އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ގާނޫނުގެ ހަތްވަނަ މާއްދާގެ ފަހަތަށް ތިން މާއްދާއެއް ވަނީ އިތުރުކޮށްފައެވެ.
އެގޮތުން، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާން ކުރުމުގެ އިތުރުން އެލްޖީއޭއިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ އެ އޮތޯރިޓީގެ ރައީސް ކަމުގައި ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން އެލްޖީއޭގެ ބޯޑުގެ ރިޔާސަތު ބެލެހެއްޓުމާއި ޖަލްސާތައް ބޭއްވުމުގައި ގެންގުޅޭނެ އުސޫލުތައް ވެސް ކަނޑައަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު