ގެއްލިގެން ހޯދަމުންދިޔަ 3.2 މިލިއަން ޑޮލަރުގެ ފޮތްތަކެއް ރުމޭނިއާގެ ގެއަކުން ފެނިއްޖެއެވެ.
2017 ވަނަ އަހަރުގެ ޖެނުއަރީމަހު ލަންޑަނުގެ ގުދަނަކުން ގެއްލިގެން ހޯދަމުންދިޔަ މި ފޮތްތައް ފެނިފައިވަނީ ރުމޭނިއާގެ ގެއެއްގެ ތަޅުމުގެ އަޑީންނެވެ.
ގެއްލިގެން ހޯދަމުންދިޔަ އެ ފޮތްތަކުގެ ތެރޭގައި މަޝްހޫރު ގަލީލިއޯއާއި އިސްހާގް ނިއުޓަންގެ ފޮތްތައް ހިމެނޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި މައްސަލައިގައި، ރުމޭނިއާގެ ނުރައްކާތެރި ގޭންގެއްގެ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އެގޭންގު ތަކުގެ މައްޗަށް އިނގިރޭސިވިލާތުގެ ގިނަ ގުދަންތަކަކުން ވައްކަން ކުރިކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.
ފޮތްތައް ގެއްލިގެން ކުރި ތަހުގީގުން ހާމަވެފައިވާ އެތައްތަނެއް ވަނީ ހޯދައިބަލައިފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކާއި ރުމޭނިއާގެ އިތުރުން އިޓަލީގައިވެސް 2019 ވަނަ އަހަރު ވަނީ މިއޮޕަރޭޝަން ހިންގައިފައެވެ.
މިވައްކަމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި މިހާތަނަށް 13 މީހަކު ހައްޔަރުކޮށްފައިވާއިރު 12 މީހަކު ވަނީ މިކަން ކުރިކަމަށް ތަހުގީގުގައި އެއްބަސްވެސް ވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ