ޕީއެސް5 ވިއްކާ ތާރީހު އިއުލާންކޮށް ޕްރީ އޯޑަރަށް ހުޅުވާލައިފިއެވެ.
ގޭމިން އަށް ލޯބި ކުރާ ފަރާތްތަކުން ކުރަމުން އައި އިންތިޒާރު ނިމި އެންމެ ފަހުގެ ޕީއެސް5 ގަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު ޕްރީ އޯޑަރު ކުރެވޭނެއެވެ.
ސޮނީ އިންޓްރެކްޓިވް އެންޓަޓައިންމަންޓްގެ ރައީސް އަދި ސީއީއޯ ޖިމް ރޭޔަން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން ޕީއެސް5 ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވިއްކަން ފަށާނެ އެވެ. ނޮވެމްބަރު 12 ގައި ޕީއެސް ވިއްކުމަށް ހަމަޖެހިފައިވަނީ އެމެރިކާ އާއި ޖަޕާން، ކެނެޑާ އަދި މެކްސިކޯ އާއި އޮސްޓްރޭލިއާ އަދި ނިއުޒިލެންޑުގެ އިތުރުން ދެކުނު ކޮރެއާއިންނެވެ.
ބަޔާނުގައި ވާގޮތުން ޕީއެސް5 އަންނަ ނޮވެމްބަރު 19 އިން ފެށިގެން ދުނިޔޭގެ ހުރިހާ ގައުމަކުން ގަންނަން ލިބޭނެއެވެ.
ޕީއެސް5 ގެ ޑިޖިޓަލް އެޑިޝަން ވިއްކުމަށް ހަމަޖހިފައިވަނީ 399.99 އެމެރިކާ ޑޮލަރަށް ކަމަށް އެބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން އަލްޓްރާ އެޗްޑީ ބްލޫރޭ ޑިސްކް ޑްރައިވް ހިމެނޭ ޕީއެސް5 ވިއްކުމަށް ހަމަޖެހިފައިވަނީ 499.99 ޑޮލަރަށެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ