ސ. ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.
އެ މަސައްކަތް ކުރި އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޔޫތު މިނިސްޓްރީން އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
އެ މަޝްރޫއުގެ ދަށުން ގާ އެތުރުމާއި ކާނުގެ މަތިގަނޑު އެޅުމުގެ މަސައްކަތާއި ޕޭވްމަންޓް ގާ އެތުރުމުގެ މަސައްކަތްކޮށްފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި އެ މަޝްރޫއުގެ ތެރޭގައި 8103 އަކަމީޓަރުގެ ސަރަހައްދެއް ސާފުކޮށް ކޮނުމުގެ އިތުރުން، ފެން ހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މީގެ އިތުރުން އެ މަސައްކަތުގެ ދަށުން ދަނޑުގެ ވެލިގަނޑު އެއްވަރު ކުރުމާއި، އަޑީގައި ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެ މަޝްރޫއުއަކީ 2.49 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު