ކަލަރސް ޓީވީއިން ގެނެސްދޭ ކާމިޔާބު ރިއަލިޓީ ޝޯ ބިގްބޮސްގެ 14 ވަނަ ސީޒަން މިއަންނަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަލްމާން ހާން ހުށަހަޅައިދޭ ބިގްބޮސް އަކީ ޓީވީ އިންޑަސްޓްރީއާއި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ ކުރިއަރަމުން އަންނަ ތަރިންނަށް ހާއްސަކޮށްގެން ގެނެސްދޭ ޝޯއެކެވެ.
ބިގްބޮސްގެ 14 ވަނަ ސީޒަން ފަށަން ތައްޔާރުވަމުން އަންނައިރު ބެލުންތެރިން ތިބީ މިފަހަރުގެ ޝޯގެ ބައިވެރިންނަކީ ކޮބައިކަން ބަލާ ހިތުން ކެތްމަދު ވެފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ވަނީ ނިއާ ޝަރުމާ އަދި ޖޭސްމިން ބާސިން ޝޯގައި ބައިވެރިވާ ކަމުގެ އަޑުތަކެއް ފެތުރިފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ބިގްބޮސްގެ 13 ވަނަ ސީޒަން އިން އާއްމުންގެ އެންމެބޮޑު މަޝްހޫރު ކަމެއް ހޯދި ޝެހެނާޒު ގިލް އަދި 13 ވަނަ ސީޒަން ކާމިޔާބު ކުރި ސިދާތު ޝުކްލާ ވެސް ބިގްބޮސް 14 ގެ ހާއްސާ ސެގްމެންޓަކުން ފެނިގެންދާނެ އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން