ބޮލީވުޑްގެ ގިނަ ބަތަލުން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ބުނެ އިންޑިއާގެ ބައެއް ނޫސްތަކުން ފެތުރި ހަބަރުތަކަކީ ދޮގު ހަބަރުތަކެއް ކަމަށް ބޮލީވުޑް ހަންގަމާގައި ރިޕޯޓްކޮށްފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ސުޝާންތު ސިންގު ރާޖުޕުތުގެ މަރާ ގުޅިގެން ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ އިން ބަލަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މަޝްހޫރު ބަތަލާ ރިއާ ޗަކަރަބޮޓީ ތަހުގީގަށް ކިޔައިދިން ކަމަށް ބުނެ މަސްތުވާތަކެއްޗާއި ގުޅުން ހުރި ބޮލީވުޑްގެ ގިނަ ބަތަލުންނެއްގެ ނަން ހާމަކޮށްފައެވެ.
ރިއާ ބުނި ކަމަށް ބުނެ ސާރާ އަލީ ހާން އާއި ރަކުލް ޕްރީތު ސިންގުގެ އިތުރުން ބޮލީވުޑްގެ 25 ތަރިންގެ ނަން މަސްތުވާތަކެތި ބޭނުންކުރާ ކަމަށްބުނެ ހާމަކޮށްފައި ވެއެވެ. އެހެންނަމަވެސް ސަރުކާރުގެ މަސްދަރުތަކުން ވަނީ އެއީ ދޮގެއް ކަމަށް ބުނެފައެވެ. އެގޮތުން އެންސީބީގެ ތަހުގީގުގެ އެއްވެސް މައުލޫމާތެއް މީޑިއާތަކަށް ނުލިބޭނެ ކަމަށް ބުނެފައި ވެއެވެ.
ރިއާ އަދި ސުޝާންތާ އެކު މަސްތުވާތަކެތި ބޭނުންކުރި ކަމަށް ރިއާ ބުނި ކަމަށް ބުނެ ސާރާ އަދި ރަކުލްގެ ނަން މީޑިއާތަކުން ހާމަކޮށްފައި ވެއެވެ. އެކަމަކު ސަރުކާރުގެ އޮފިޝަލަކު ވަނީ އެވާހަކަތައް ވެސް ދޮގު ކޮށްފައެވެ. ރިއާ ބޮލީވުޑްގެ އެއްވެސް ތަރިއެއްގެ ނަން ހާމަ ނުކުރާ ކަމަށްވެސް ބޮލީވުޑް ހަންގާމާގައި ވަނީ ބުނެފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް