ސުޝާންތު ސިންގު ރާޖުޕުތުގެ މަރާ ގުޅިގެން ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ (އެންސީބީ) އިން ތަހުގީގު ކުރަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ސުޝާންތުގެ ލޯބިވެރިޔާ، ރިއާ ހައްޔަރުކުރުމުން، އޭނާ ވަނީ ބޮލީވުޑްގައި ތިބި މަސްތުވާތަކެތި ބޭނުންކުރާ ގިނަ ތަރިންތަކެއްގެ ނަން ހާމަކޮށްފައެވެ.
ރިއާއާ އެކު މަޝްހޫރު ބަތަލާ ސާރާ އަލީ ހާން އަދި ރަކުލް ޕްރީތު ސިންގު މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ރިއާ ބުނުމުން ސާރާ އަދި ރަކުލް ވަނީ ހޫނުފެނަށް ވެއްޓިފައެވެ. ޝޯޝަލް މީޑިއާގައި އާއްމުން އަންނަނީ އެދެމީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ބޮލީވުޑްގައި ތިބި މަސްތުވާތަކެތި ބޭނުންކޮށް އެކަމާ ގުޅުން އޮންނަ 25 ތަރިންނެއްގެ ނަން ރިއާ ވަނީ ހާމަކޮށްފައެވެ. އެގޮތުން ރިއާ ވަނީ އޭނާ އަދި ސުޝާންތާ އެކު، ސާރާ އާއި ރަކުލް އާއި ސިމޯން ވެސް މަސްތުވާތަކެތި ބޭނުން ކުރިކަމަށް ބުނެފައެވެ.
ރިއާ ބުނީ ސުޝާންތު މަސްތުވާތަކެއްޗަށް ދެވި ހިފީ 2016 ވަނަ އަހަރު އޭނާ ކެދާރުނާތުގެ ޝޫޓިންތައް ކުރިއަށް ގެންދިޔައިރު ކަމަށެވެ. ކެދާރުނާތު އަކީ ސާރާ ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. ރިއާ ކުރި ތުހުމަތުތަކާ ގުޅިގެން ސާރާ އަދި ރަކުލް އެއްވެސް ބަހެއް އަދި ބުނެފައެއް ނުވެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް