ބޮލީވުޑްގެ ރާނީ ދިޕިކާ ޕަޑުކޯނު އަދި ރާޖާ ޝާހްރުކްހާން އަނެއްކާވެސް އެކީގައި ފިލްމަކުން ފެންނަން އުޅޭ ކަމުގެ އަަޑުތަކެއް ފެތުރިއްޖެއެވެ.
ފިލްމުފެއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ދިޕިކާ އަދި ސާހު އެކުގައި ފެނިގެންދާނީ ޓަމިލް ޑައިރެކްޓަރެއް ކަމަށްވާ އަޓްލީގެ "ސަންކީ" އިންނެވެ. ޝާހު އަޓްލީގެ ފިލްމަކުން ފެންނަން އުޅޭ ކަމުގެ އަޑުތައް ވަނީ މީގެ ކުރިންވެސް ފެތުރިފައެވެ. "ސަންކީ" އަކީ ކޮމެޑީ ފިލްމެކެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ދިޕިކާ އަށް ވަނީ އެ ފިލްމުގެ ވާހަކަ ވަރަށް ކަމުގޮސްފައެވެ. މިހާރު ތަވާލުކޮށްފައިވާ ގޮތުން ފިލްމުގެ ޝޫޓިންތައް މިއަންނަ އަހަރު ކުރީކޮޅު ފަށާނެއެވެ. އެހެންނަމަވެސް ކޮވިޑްގެ ސަބަބުން ތަވާލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ދިޕިކާ ބޮލީވުޑަށް ތައާރަފުވީ ޝާހު އާއި އެކު "އޯމް ޝާންތި އޯމް" އިންނެވެ. އެ ފިލްމު ވަނީ ވަރަށް ކާމިޔާބު ހިޓް ފިލްމަކަށް ވެފައެވެ. އޭގެ އިތުރުން ދިޕިކާ އަދި ޝާހް ވަނީ އެކީގައި އިތުރު ދެ ފިލްމަކުން ފެނިގެން ގޮސްފައެވެ. އެއީ " ޗެންނާއީ އެކްސްޕްރެސް" އަދި " ހެޕީ ނިއު އިޔާ" އެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް