ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރިއާ ޗަކަރަބޮޓީ ބަންދުކޮށްފައި ހުރި ޖަލު ގޮޅީގައި ފަންކާއެއް އަދި އެނދެއް ވެސް ނެތް ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލު ސުޝާންތު ސިންގު ރާޖުޕުތުގެ މަރާއި ގުޅިގެން އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ (އެންސީބީ) އިން ތަހުގީގު ކުރި މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ރިއާ ހައްޔަރުކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 14 ދުވަސް ޖަހައިދީފައެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސުޝާންތުގެ މަރާއި ރިއާ އާ ގުޅުންތަކެއް ވާ ކަމަށް ބެލެވޭތީ ރިއާގެ ރައްކާތެރިކަމަށް ބަލާފައި އޭނާ ބަންދުކޮށްފައި ހުރީ އެކަނި ވަކިން ގޮޅިއެއްގައެވެ. ރިއާ ނިދަނީ ކުނަލެއް މަތީގައެވެ. އޭނާއަށް ބާލީހެއް ނުވަތަ އެނދެން ދީފައެއް ނުވެއެވެ. ކޯޓުން ހުއްދަ ދީފިނަމަ ރިއާ އަށް މޭޒުމަތީ ފަންކާއެއް ދޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ރިއާގެ އިތުރުން ސުޝާންތުއަށް މަސްތުވާތަކެތި ދީ އެބޭނުން ކުރަން މަގުފަހި ކޮށްދިން ކަމަށް ތުހުމަތު ކުރެވޭތީ ރިއާގެ ބޭބެ ޝޯހިކް ޗަކަރަބޮޓީ އަދި ސުޝާންތުގެ މެނޭޖަރު ސެމިއުލް ވެސް ވަނީ ހައްޔަރުކޮށް ބަންދުކޮށްފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް