އިންޑިއާގައި ތިބި މާލީ ހާލަތު ދަށް އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޮލީވުޑްގެ މަޝްހޫރު ބަތަލު ސޯނޫ ސޫދު ސްކޮލަޝިޕްތަކެއް ތައާރަފު ކޮށްފިއެވެ.
އެކި ދާއިރާތަކުން ކިޔާ ދަރިވަރުންނަށް ހާއްސަކޮށްގެން ސޯނޫ ސްކޮލަޝިޕް ޕްރޮގްރާމުތަކެއް ހުޅުވާލީ ކޮވިޑް 19 އާއި ގުޅިގެން މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކޯސް ފީތައް ނުދެއްކޭތީ އާއި އޮންލައިން ކްލާސްތަކަށް ވަންނަން ބޭނުންވާ ހުރިހާ ސަމާނު ހޯދުމަށް ދަރިވަރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭތީއެވެ.
ސޯނޫ އެ ސްކޮލޮޝިޕް ޕްރޮގްރާމު ހުޅުވާލީ ނިޔާވެފައިވާ އޭނާގެ މަންމަގެ ނަމުގައެވެ. ސޯނޫ ބުނީ މިވޭތުވެދިޔަ މަސްތަކުގައި ކޯސްފީ ނުދެއްކިގެންނާއި ކްލާސްތަކަށް ވަންނަން ބޭނުންވާ ޒަރޫރީ ސަމާނު ނުލިބިގެން ބައެއް ދެރިވަރުންގެ ކިޔެވުމަށް އަސަރުކުރި މިންވަރު ފެނިފައިވާ ކަމަށެވެ. އެހެންވެ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އެހީވުމުގެ ގޮތުން އިންޑިއާގެ ބައެއް ޔުނިވަސިޓީތަކާއި ގުޅިގެން ސްކޮލަޝިޕްތަކަށް ހުޅުވާލީ ކަމަށްވެސް ސޯނޫ ބުންޏެވެ.
ސޯނޫ ވަނީ މީގެކުރިންވެސް ކޮވިޑް 19 އާއި ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށާއި މަސައްކަތްތެރިންނަށް ވަރަށް ބޮޑަށް އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް