ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަލްމާން ހާން ލީޑް ރޯލުން ފެނިގެންދާ ފިލްމު "ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއި" ގެ ޝޫޓިންތައް މިއަންނަ އޮކްޓޫބަރު މަހު ފަށާ ގޮތަށް ނިންމައިފިއެވެ.
އަންނަ މަހު ރާދޭގެ ޝޫޓިންތައް ފެށުމަށް ހަމަޖެހިފައިވާއިރު، އެ ޝޫޓިންތައް ކުރިއަށް ދާނީ މުމްބާއީގެ ސްޓޫޑިއޯއެއްގައި 12 ދުވަހުގެ މުއްދަތަކަށެވެ. ޝޫޓިންތަކުގައި ސަލްމާން އަދި ލީޑްރޯލުން ފެނިގެންދާ ދިޝާ ޕަޓާނީގެ ލަވައެއްގެ މަސައްކަތްވެސް ނިންމާނެއެވެ.
ރާދޭ ގެ މުހިންމު ރޯލުތަކުން ދިޝާ އާއި ސަލްމާނުގެ އިތުރުން ޖެކީ ޝްރޮފު އަދި ރަންދީޕު ހޫޑް ފެނިގެންދާނެއެވެ. ރާދޭ ރިލީޒް ކުރުމަށް ކުރީން ތާވަލުކޮށްފައި އޮތީ މިއަހަރުގެ އަޟްހާ އީދަށެވެ. އެހެންނަމަވެސް ލޮކްޑައުންގެ ސަބަބުން ޝޫޓިން މެދުކަނޑާލަން ޖެހުމުން ރިލީޒް ކުރާ ތާރީހު ވަނީ ލަސްކޮށްފައެވެ.
ސަލްމާނު ހުށަހަޅައިދޭ މަޝްހޫރު ރިއަލިޓީ ޝޯ ބިގްބޮސްގެ 14ވަނަ ސީޒަން ވެސް އަންނަ މަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް