ދިރާގު ޓީވީއަށް އެޕްލައިކޮށްގެން ޖޯއިބޮކްސް އަދި ދެމަހުގެ މަހު ފީ ހިލޭ ލިބޭ ޕްރޮމޯޝަން މިމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ދިރާގުން ބުނީ ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން މިދިޔަ މަހު ފެށި ޕްރޮމޯޝަން މިމަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.
މި ޕްރޮމޯޝަނުގެ ދަށުން މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ދެ މަހުގެ މަހުފީ އަދި ޖޯއިބޮކްސް (ޑީކޯޑަރު) ވެސް މުޅިން ހިލޭ ލިބޭނެއެވެ.
ދިރާގުން މި ޕްރޮމޯޝަން ތައާރަފު ކޮށްފައިވަނީ ދިރާގު ޓީވީއަށް "ސްޓާ" ނެޓްވޯކްގެ ޗެނަލްތައް އިތުރުކޮށްފައިވާ ދުވަސްވަރެއްގައެވެ. މިއީ ސްޓާ ނެޓްވޯކުގެ ބެލުންތެރިންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.
ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތް ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ކޮންޓެންޓް ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ރާއްޖޭގެ %73 ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދޭ ކަމަށް އެކުންފުނިން ބުނެއެވެ. މީގެ ތެރޭގައި 53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ދިރާގު ޓީވީ ތައާރަފުކޮށްފައިވާ ކަމަށް ދިރާގުން ފާހަގަކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު