ސުޝާންތު ސިންގު ރާޖުޕުތުގެ މަރާއި ގުޅިގެން ބަލަމުން އަންނަ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލައެއްގައި ސުޝާންތުގެ ލޯބިވެރިޔާ އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރިއާ ޗަކަރަބޮޓީ ހައްޔަރުކޮށްފިއެވެ.
ރިއާ ހައްޔަރުކޮށްފައިވަނީ ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ (އެންސީބީ) ގެ ފަރާތުން ސުޝާންތުގެ މަރާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލައެއްގައެވެ. އެގޮތުން އިއްޔެ ވަނީ ރިއާ އެންސީބީ އޮފީހަށް ހާޒިރުކޮށް އޭނާގެ މެޑިކަލް ޓެސްޓްވެސް ކޮށްފައެވެ.
އީ ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރިއާ ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުން ކުރުމާއި، ސުޝާންތު ލައްވައި މަސްތުވާތަކެތި
ބޭނުން ކުރުވުމުގެ ކުށުގައެވެ. ރިއާ ހައްޔަރުކޮށްފައިވާއިރު މީގެ ހަފުތާއެއް ކުރިން ވަނީ ހަމަ އެ މައްސަލައިގައި ރިއާގެ ބޭބެ ޝޯހިކް ޗަކަރަބޮޓީ އަދި ސުޝާންތުގެ މެނޭޖަރު ސެމިއުލް މިރަންދާ ވެސް ހައްޔަރުކޮށްފައެވެ.
ސުޝާންތުގެ މަރުގެ މައްސަލަ ތަހުގީގު ކުރުން ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އާ ހަވާލުކުރިފަހުން ވަނީ އޭނާގެ މަރާ ގުޅޭ ގިނަ ކަންތައްތަކެއް ފަޅާ އަރައިފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް