ފުއްޕާމާގެ ކެންސަރަށް ފަރުވާ ކުރަމުންވެސް ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަންޖޭދަތު ކުރިއަށް އޮތް އޭނާގެ ފިލްމު "ޝަމްޝެރާ"ގެ ސޫޓިންތައް ފަށައިފިއެވެ.

ސަންޖޭދަތަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ކަމުގެ ހަބަރު ވެގެންގޮސްފައިވަނީ ގިނަ ބަޔަކަށް ސިހުން ލިބުނު ހަބަރަކަށެވެ. ކެންސަރު ޖެހުމުން ގިނަ ބަޔަކު ހީކުރީ ސަންޖޭދަތު ފިލްމު ކުޅުމާ ދުރުވާނެ ކަމަށެވެ.

ސަންޖޭދަތު ވަނީ މީގެ ދެދުވަސް ކުރިން މުމްބާއީގައި ކީމޯތެރަޕީގެ ފުރަތަމަ ބުރު ނިންމައިފައެވެ. ސަންޖޭދަތުގެ ކީމޯ ތެރަޕީގެ ފަރުވާތައް ޔޫއެސްއިން ކުރުމަށް އެ އާއިލާއިން ކުރީން އޮތީ ނިންމައިފަ އެވެ.

ދެ ދުވަސް ވަންދެން ޝަމްޝެރާގެ ޝޫޓިންތަކުގައި މަސައްކަތް ކުރުމަށްފަހު ސަންޖޭދަތު އަނެއްކާވެސް ފަރުވާ ހޯދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ސަންޖޭގެ އަންހެނުން މާނަޔަތާ ދަތު ވަނީ ސަންޖޭ އިތުރު ފަރުވާ އަށް ބޭރަށް ފުރާނީ ކޮވިޑް 19 ގެ ސަބަބުން ހާލަތު ގޯސްވާ ވަރު ބަލާފައި ކަމަށް ބުނެފައެވެ.