ދިރާގު ގޭމްހަބްގެ ނަމުގައި މޮބައިލް ގޭމް ޕްލެޓްފޯމެއް ދިރާގުން ތައާރަފުކޮށްފިއެވެ.
ހަތް ސަތޭކައަށް ވުރެ ގިނަ މޯބައިލް ގޭމްތަކާއެކު ތައާރަފުކުރި މި ޕްލެޓްފޯމަކީ ސަބްސްކްރިޕްޝަނެއް ނަގައިގެން ބޭނުންކުރެވޭނެ ޕްލެޓްފޯމެކެވެ. ދިރާގު ގޭމްހަބްގެ ސަބްސްކްރިޕްޝަން ޕޯޓަލް ގާއިމުކޮށްފައިވަނީ ގޭމްލޮފްޓް އިންނެވެ. ގޭމްލޮފްޓް އަކީ ދުނިޔޭގެ ފެންވަރުގައި މޮބައިލް ގޭމް ޑެވެލޮޕްކުރާ ކުންފުންޏެކެވެ.
ދިރާގުން ބުނީ އެކުންފުނީގެ ދި ގޭމްހަބް ކުންފުނީގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ހުޅުވާލާފައިފައިވާ ކަމަށެވެ. ގޭމްހަބްގެ ސަބްސްކްރިޕްޝަން ދެ ގޮތަކަށް ނެގޭނެއެވެ. އެއީ މަހުން މަހަށް ނުވަތަ ބޭނުންވާ ހަފުތާއަކަށް ނަގާގޮތަށެވެ. މަހުން މަހަށް ސަބްސްކްރައިބް ކުރާނަމަ ދައްކަންޖެހެނީ މަހަކު 50 ރުފިޔާއެވެ. ހަފުތާއަކަށް ސަބްސްކްރައިބް ކުރާނަމަ ދައްކަންޖެހެނީ އެންމެ 20 ރުފިޔާއެވެ. ގޭމްހަބް އަށް ސަބްސްކްރައިބް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ ގޭމަހަބް ޕޭޖުން ބޭނުންވާ ސަބްސްކްރިޕްޝަން ޕެކޭޖެއް ނެގޭނެއެވެ. ސަބްކްރައިބް ކުރުމަށްފަހު، އެންޑްރޮއިޑް ކަސްޓަމަރުންނަށް ވަގުތުން ގޭމްތައް ޑައުންލޯޑްކޮށް ކުޅެވޭނެއެވެ. އަދި އައިއޯއެސް ކަސްޓަމަރުންނަށް އޮންލައިންކޮށް ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ގޭމް ކުޅެވޭނެއެވެ.
ދިރާގު ގޭމްހަބްގެ އެންމެ ހާއްސަ ކަމަކީ، ގޭމްހަބްގެ ސަބްސްކްރިޕްޝަންއެއް ނެގުމުން، ގޭމްހަބްގައި ހިމެނޭ ހުރިހާ ގޭމްތަކެއް ކުޅުމުގެ ފުރުސަތު ލިބުމުގެ އިތުރުން، އެއްވެސް އިތުރު "އިން އެޕް ޕާޗޭސް" ކުރަން ނުޖެހޭނެތީއެވެ. އަދި ހަމަ މިއާއެކު، ގޭމް ހަބްގައި ތަފާތު ގިނަ ގޭމްތައް ހިމެނެއެވެ. އޭގެ ތެރޭގައި އެކްޝަން ގޭމްސް، ކުޅިވަރު އަދި ކުޑަ ކުދިންގެ ގޭމް ވެސް ހިމެނެއެވެ.
ދިރާގުން ބުނީ އެކުންފުނީގެ އަމާޒަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ޒަމާނީ ހިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން ދިރާގުން ބުނީ އެކުންފުނީގެ އުންމީދަކީ މިއަދު މި ތައާރަފު ކުރި ގޭމްހަބް މެދުވެރިކޮށް ގޭމް ކުޅުމަށް ޝައުގުވެރިވާ ކަސްޓަމަރުންނަށް މޮބައިލް ގޭމް ކުޅުމުގައި އިތުރު ފަސޭހަތަކާއި ފުރިހަމަ ކަމެއް ލިބިގެންދިއުމެވެ.
ގޭމްހަބްއާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށާއި ސަބްސްކްރައިބް ކުރުމަށް: https://bit.ly/2R12wqJ
ޚަބަރު
ޚަބަރު
ޚަބަރު