ރ. މަޑުއްވަރީ ކައިރިއަށް ބަންޑުން ޖަހާލި ޑިންގީގައި ތިބި ހަތަރު މީހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ މަޑުއްވަރީ ކައިރީ ފަޅު ރަށެއްގެ ފަޅު ތެރެއަށް ޑިންގީއެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:10 ހާއިރު ކަމަށެވެ. އަދި ރިޕޯޓް ލިބުމާއެކު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
ބަންޑުން ޖަހާލި ޑިންގީގައި ތިިބި ހަތަރު މީހުން ސަލާމަތްކޮށްގެން މަޑުއްވަރީއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމެއް ސާފެއް ނުވެއެވެ. އަދި އެ ހަތަރު މީހުންގެ ހާލުވެސް ސާފެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު