ރޯވި ތެޔޮ ޓޭންކަރު ލަންކާއާ ދުރަށް ޖައްސަން ފަށައިފިއެވެ.
36 ގަޑިއިރުގެ މަސައްކަތުން އެ ޓޭންކަރުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްފަހު ލަންކާގެ ކޯސްޓް ގާޑުން ވަނީ ޓޭންކަރު އެގައުމުގެ އައްސޭރިފަށާ ދުރަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
ޕަނަމާގެ ނިއު ޑައިމަންޑް ނަމަކަށް ކިޔާ މިތެޔޮ ޓޭންކަރުގައި 270،000 ޓަނުގެ ނުސާފު ތެޔޮހުރިކަމަށް ލަންކާގެ ނޫސްތަކާ ހަވާލާދީ އެގައުމުގެ ނޭވީ އިން ވަނީ ބުނެފައެެވެ.
އިންޑިއާގެ ކޯސްޓުގާޑާއި ލަންކާގެ ނޭވީގެ އެހީގައި މި ޓޭންކަރު ލަންކާގެ އައްސޭރިފަށާއި 75 ކިލޯމީޓަރު ދުރަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.
ޓޭންކަރުގައި ހުރި ތެޔޮ ކަނޑަށް ބޭރުވެދާނެކަމަށް ނުބެލެވޭކަމަށް ލަންކާގެ ނޭވީއިން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ.
އެތެޔޮ ޓޭންކަރުގައި މަސައްކަތްކުރާ 22 ފަޅުވެރިންގެ ތެރެއިން 21 މީހުން ވަނީ ސަލާމަތް ކޮށްފައެވެ. ލަންކާގެ ނޫސްތަކާ ހަވާލާދީ އެގައުމުގެ ނޭވީ އިން ވަނީ ޓޭންކަރުން ދަތުރުކުރި އެކަކު ފެނިފައި ނުވާ ކަމަށް ބުނެފައެވެ. އަދި އެމީހާ މަރުވެފައިވާކަން ނޭވީއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ