ބޮލީވުޑްގެ މަޝްހޫރު ބަތަލު ހިމާންޝް ކޮލީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހިމާންޝްގެ މަންމައާއި ބައްޕައާއި ދައްތަ ކޮވިޑަށް ޕޮޒިޓިވްވުމުން ހިމާންޝް ވަނީ މީގެ ހަފްތާއެއްކުރިން ބަލި ހުރިތޯ ބެލުމަށް ޓެސްޓް ކޮށްފައެވެ. އެއިރު ޓެސްޓް ކުރުމުން ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.

ހިމާންޝް އިއްޔެ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އޭނާގެ އާއިލާ މިހާރު އަންނަނީ މަޑުމަޑުން ބަލިން ރަނގަޅުވަމުން ކަމަށެވެ. މަންމަ މެންނާއި ދައްތައަށް ހިދުމަތް ކުރުމުގައި ހުއްޓައި ކޮވިޑްގެ ބައެއް އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުން އޭނާގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ހިމާންޝް ބުންޏެވެ.

ހިމާންޝް ކޮލީ ވަނީ އޭނާގެ ސަޕޯޓަރުން ވައިރަހުން ރައްކާތެރިވެގެން ތިބުމަށް އެދިފައެވެ. ހިމާންޝް އާއްމުންގެ ތެރޭގައި މަޝްހޫރު ވީ 2015 ވަނަ އަހަރު ގެނެސްދިން "އާރިޔާން" ފިލްމުންނެވެ.