އަލިފާން ރޯވި ޓޭންކަރުން ތެޔޮ ފައިބާނެކަމަށް ނުބެލެވޭ ކަމަށް ލަންކާ ނޭވީ އިން ބުނެފިއެވެ.
ސްރީލަންކާގެ ސަންގަމަންކަންޑަގެ 38 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަނިކޮށް އަލިފާން ރޯވި ޓޭންކަރުގައި ރޯވަމުންދާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސްރީލަންކާގެ ނޭވީގެ އިތުރުން އެއާފޯސް އަދި ޕޯޓްސް އޮތޯރިޓީ އަދި އިންޑިއާ ނޭވީއާއި އެގައުމުގެ ކޯސްޓް ގާޑު ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ އިތުރު މަނަވަރުތަކެއް އެސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެެވެ. މީގެ އިތުރުން ރަޝިޔާގެ ހާއްސަ ދެ މަނަވަރެއްވެސް މި މަސައްކަތުގައި ބައިވެރިވުމަށް އަންނަނީ ދަތުރުކުރަމުންނެވެ.
ޓޭންކަރުގައި އަލިފާން ރޯވަމުން ދަނީ މައި އިންޖީނު ރޫމްގައި ކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ތެޔޮ ޓޭންކަރުގައި މަސައްކަތްކުރާ 21 ފަޅުވެރިންގެ ތެރެއިން 19 މީހަކަށް ވަނީ ލަންކާގެ ނޭވީ ބޯޓަކަށް ނަގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. ޓޭންކަރުގެ އިންޖީނިއަރަކަށް އިތުރު ފަރުވާ ދިނުމަށް ލަންކާގެ ކަލްމުނައި ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ. ލަންކާގެ ނޫސްތަކާ ހަވާލާދީ އެގައުމުގެ ނޭވީ އިން ވަނީ ޓޭންކަރުން ދަތުރުކުރި އެކަކު ފެނިފައި ނުވާ ކަމަށް ބުނެފައެވެ. އަދި އެމީހާ މަރުވެފައިވާކަން ނޭވީއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ރޯވަމުންދާ ޓޭންކަރުގައި ހުރި 270،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާކޮށްފައި ހުރި ހިސާބަށް އަލިފާންގަނޑު ނުފެތުރޭނެހެން ރައްކާތެރިކަމުގެ ފިޔަވަޅު ވަނީ އަޅައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ