ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެކޮލިން ފާނެންޑެސް ގެ ޓީމު މެންބަރުންތަކެއް ނުރައްކާތެރި ކޮވިޑް 19 ވައިރަަށް ޕޮޒިޓިވް ވެއްޖެއެވެ.
ޖެކޮލިންގެ ސްޕޮޓް ބޯއީ އަދި މެނޭޖަރު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ޖެކޮލިންގެ ސްޕޮޓް ބޯއީ އަދި މެނޭޖަރު ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ އޭނާ ޓީވީ ކޮމާޝަލް އަކަށް ޝޫޓިން ފެށުމަށް އެއް ދުވަހަށް ވެފައި ވަނިކޮށެވެ. ޖެކޮލިންގެ ޓީމުގެ ބައިވެރިން ކޮވިޑަށް ޕޮޒިޓިވްވުމުން އެނާ ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައެވެ.
ޖެކޮލިން ދެން އެންމެ އަވަހަށް ފަށާނީ ސަލްމާން ހާން އާއިއެކު "ކިކް 2" ގެ މަސައްކަތެވެ. މީގެ އިތުރުން ޖެކޮލިން އަންނަނީ ޖޯނު އަބްރަހަމް އާއި އަދި ރަކުލް ޕްރީތު ސިންގު އާއި އެކު "އެޓެކް" ގެ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.
އިންޑިއާގައި ވަރަށް ހަލުވިކަމާއިއެކު ކޮވިޑް 19 ފެތުރެމުންދާއިރު، ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންނަށްވެސް ދަނީ ކޮވިޑް ޖެހެމުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން